ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، "ބާރ2000 ފަރަމަންތާ ޗެލެންޖް 2021" ޙަރަކާތް ފަށްޓަވައިދެެއްވައިފި އެވެ.
މި ހަރަކާތް ކުރިއަށްދިޔައީ މިއަދު ހެނދުނު ރަސްފަންނު ބީޗުގަ އެވެ.
މި ޙަރަކާތް ފަށްޓަވައިދެއްވުމަަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފުރަތަމަ ދަންފަޅީގެ އެކި ގްރޫޕްތަކުން ބައިވެރިވި ފެތުންތެރިންގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ޙާޞިލުކުރެއްވި ޓީމުތަކާއި ފެތުންތެރިންނަށް އިނާމު ޙަވާލުކޮށްދެއްވާފަ އެވެ.
ބާރ2000 ފަރަމަންތާ ޗެލެންޖް 2021 އަކީ އޯޕަން ވޯޓަރ ސްވިމިންގ، ސަރފިންގ އަދި ބޮޑީ ބޯޑިންގ މުބާރާތްތައް ހިމެނޭ ގޮތަށް އެކުއަޓިކް މަލްޓި-ސްޕޯޓް ޗެލެންޖެކެވެ.
މި ހަރަކާތަކީ އެޗް.އެސް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރާ ޕްރިމިއަރ ކޮފީ ބްރޭންޑް ބާރ2000 އިލެގީ އިން ޚަރަދުކޮށް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.
މި ހަރަކާތުގައި އަންހެން އަދި ފިރިހެން ބައިވެރިން އެކި ކެޓެގަރީތަކުން ބައިވެރިވެއެވެ. މި ޙަރަކާތުގެ ތެރެއިން އޯޕަން ވޯޓަރ ސްވިމިންގ ފަށާފައިވަނީ ރަސްފަންނު ފަރުން ނެވެ. އަދި ސަރފިންގ އަދި ބޮޑީ ބޯޑިންގ ފަށާފައިވަނީ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް