ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ސްޕެޝަލްޓީ ހެލްތް ކޭންޕެއް އުނގޫފާރުގައި ބާއްވަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ސްޕެޝަލްޓީ ހެލްތް ކޭންޕެއް ރ. އުނގޫފާރުގައި ބާއްވަން ނިންމައިފި އެވެ. މި ކޭމްޕް އޮންނާނީ އޮކްޓޯބަރ 29 އަދި 30 ވަނަ ދުވަހު ކަމަށާއި މިއީ ރ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ...

29 Oct 2021 | 08:44

ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ސްޕެޝަލްޓީ ހެލްތް ކޭންޕެއް ރ. އުނގޫފާރުގައި ބާއްވަން ނިންމައިފި އެވެ.

މި ކޭމްޕް އޮންނާނީ އޮކްޓޯބަރ 29 އަދި 30 ވަނަ ދުވަހު ކަމަށާއި މިއީ ރ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ކޭމްޕެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މި ކޭމްޕުގައި މަލްޓި ޑިސިޕިލިރަނީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މި ހެލްތް ކޭންޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ނުވަތަ ކަށީގެ ޚާއްސަ ޑޮކްޓަރުންނާއި އުރަމަތީގެ ކެންސަރުގެ ޚާއްސަ ޑޮކްޓަރުން އަދި ނޭވާލާ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ބައިވެރިވާނެ އެވެ. އަދި ކަރުން މަތީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި ޔުރޯލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ވެސް ބައިވެރިވާނެ އެވެ.

މި ކޭމްޕުގައި ބަލިމީހުންނަށް ހެލްތް ސްކްރީނިންގ ހަދައިދިނުމާއި އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސައިފާކަަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ. އަދި މި ހެލްތް ކޭންޕްގެ ހެލްތް ސްކްރީނިންގ ޚިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ މެހެމާނުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހެލްތް ސްކްރީނިންގ ހިދުމަތް ވިހާވެސް ގިނަ މެހެމާނުންނަށް ފޯރުކޮށްދޭން ނިންމާފައިވާކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

ހެލްތް ކޭންޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ ޑރ. މުހައްމަދު ހަބީބު، ކޮންސަލްޓަންޓް އީ.އެން.ޓީ ޑރ. ޗަންދުރަޝޭކަރު ރަވަލް، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް ޖެނެރަލް ސާޖަރީ އަދި އުރަމަތީގެ ސަޖަރީއަށް ޚާއްސަ ޑރ. ނީޒާ ހަލީމު، ކޮންސަލްޓަންޓް ރެސްޕިރޭޓޮރީ މެޑިސިން ޑރ. ރަގުލާން ރާޖަލިންގަމް އަދި ޔުރޯލޮޖީ ކޮންސަލްޓަންޓް ޑރ. މެހްމަތް އޯޑަރ ހިމެނިވަޑައިގަންނަވަ އެވެ.

މި ކޭމްޕުގައި ބުކިންގ ހެއްދެވުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6580100 ގުޅުއްވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ.

އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް