ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްކޮޓްލެންޑުގެ ވެރިރަށް ގަލާސްގޯއަށް ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ އދ.ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް “ކޮޕް26”ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މިއަދު ހެނދުނު އަލްވަދާޢު ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދެވެ.
އަންނަ އާދީއްތަ ދުވަހުން ފެށިގެން ނޮވެމްބަރު 12 ވަނަ ދުވަހަށް ބާއްވާ ތިމާވެށީގެ ބޮޑު ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާ އިރު، އެމަނިކުފާނު ސްކޮޓްލެންޑަށް ވަޑައިގަންނަވަނީ ދުބާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދުބާއީ މަގުން ނެވެ.
މިއީ 12 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ކޮޕް26 ގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މިފަހަރުގެ ސަމިޓަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަޑައިގަންނަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް