ހުޅުމާލެ ދެވެނަ ފިޔަވަހީގައި އާބާދުވަމުންދާ ހިޔާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަންއެއް ދިރާގުން ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ފުޅާދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކުށްދެމުންދާ ދިރާގުން ބުނީ ނޮވެމްބަރ 15 ގެ ކުރިން ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތައް އެދޭ ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް 50،000 ރުފިޔާ ލިބޭނެ ކަމަށެވެ.
އެގޮތުން ފުރަތަމަ ނަސީބުވެރި ފަރާތަކަށް 25،000 ރުފިޔާ، ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 15،000 ރުފިޔާ އަދި ތިންވަނަ ނަސީބުވެރިއަކަށް 10،000 ރުފިޔާ ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް އެދޭ ކަސްޓަމަރުންނަށް ޚިދުމަތް ހިލޭ ގުޅައިދިނުމާއި ހިލޭ ރައުޓަރ ލިބޭ އިރު، ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށް ވެސް ޚިދުމަތް ހިލޭ ގުޅައިދީ، ހިލޭ ޖޯއިބޮކްސް (ޑީކޯޑަރ) އެއްވެސް މި ޕްރޮމޯޝަންގެ ދަށުން ދިނުމަށް ވަނީ ނިންމާފަ އެވެ.
މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކައި ގުޅާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި އެންމެ މަގުބޫލު މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއްޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީގެ ޚިދުމަތް ހޯދުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެކެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް އަދި މުނިފޫހިފިލުވުމުގެ ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފް ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް