އާރްޔަންގެ ޗެޓްލޮގް ތަކާއި އެކު ބޮލީވުޑްގެ އިތުރު ތަރިންތަކެއް ބޭޒާރުވުމުގެ ފުރުސަތު!

ބޮލީވުޑްގެ ސުޕާ ސްޓާ ސާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާންގެ މަސްތުވާތަކެތީގެ މައްސަލަ ގަނޑުގެ ތެރެއިން އެ އިންޑަސްޓްރީގެ އިތުރު ތަރިން ތަކެއް ބޭޒާރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލު ކުރެވެން ފަ...

29 Oct 2021 | 06:41

ބޮލީވުޑްގެ ސުޕާ ސްޓާ ސާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާންގެ މަސްތުވާތަކެތީގެ މައްސަލަ ގަނޑުގެ ތެރެއިން އެ އިންޑަސްޓްރީގެ އިތުރު ތަރިން ތަކެއް ބޭޒާރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލު ކުރެވެން ފަށައިފި އެވެ.

މިމަހުގެ ތިން ވަނަ ދުވަހު މުމްބާއީގެ ބަނދަރެއްގައި އޮތް ކްރޫޒް ލައިނާއެއްގައި ޕާޓީ ކުރަނިކޮށް އާރްޔަން ހައްޔަރު ކުރީ އެތަނުގައި ތިބި ބަޔަކު މަސްތުގެ ހާލަތުގައި ތިބެ އެމީހުންގެ އަތުން މަސްތުވާތަކެތި ފެނިފައިވާތީ އެވެ. ހައްޔަރު ކުރި އެންމެންނަކީ އާރްޔަންގެ ގާތް އެކުވެރިންނެވެ.

ކަފާލާތުގެ ދަށުން އާރްޔަން އިއްޔެ ދޫކޮށްލި އިރު ބަންދުގައި ހުރި މުއްދަތުގައި ފުލުހުން ވަނީ އޭނާގެ ވަޓްސްއެޕް ޗެޓު ލޮގުތަކުން ގިނަ މައުލޫމާތުތަކެއް ހޯދާފަ އެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ޑްރަގްނެޓްވޯކެއްގެ ލިންކުގެ އިތުރުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭ އިތުރު ތަރިންތަކެއް ހިމެނެ އެވެ.

އާރްޔަން މައްސަލަ އާއި ބޮލީވުޑާއި މަސްތުވާތަކެއްޗާއި ގުޅުން ހުރި މައުލޫމާތު އެނގޭ މީހަކު މީޑިއާގައި ބުނެފައިވަނީ އާރްޔަންްގެ ޗެޓު ލޮގުތަކުން ބޮލީވުޑްގެ ތިން ތަރިއެއްގެ ނަން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެމީހުން ސަުވާލު ކުރަން އަދި ހާޒިރު ކުރީ އަނަންޔާ ޕާންޑޭ އެވެ.

އެމީހާ ބުނީ އިތުރު ތަރިންތަކަކަށްވެސް އެންސީބީން ފާރަލަމުންދާ ކަމަށެވެ. އެމީހުންނަކީ މިދިޔަ އަހަރު އަމިއްލައަށް މަރުވި ސުޝާންތު ރާޕްޖުޓުގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ވަޓްސްއެޕް ޗެޓުލޮގުތަކުން ފާހަގަ ކުރެވުނު މީހުން ކަމަށެވެ. އޭނާ ބުނެފައިވާގޮތުގައި އެ މައްސަލައިގެ ފަހުން ބޮލީވުޑް ތަރިން ޗެޓްލޮގްތައް ޑިލީޓްކޮށްފައި ހުންނަކަން އެކި މައްސަލަތަކާއި ގުޅިގެން ފާހަގަ ކުރެވިފައި ހުންނަ ކަމަށެވެ.

އެކަމަކު ފެކްޓަރީ ރިސެޓްކޮށްގެން މެސެޖުތައް ހޯދުމުގެ ފުރުސަތު އޮތުމާއި ބައެއް އެޕްތަކުން ކުރާ މެސެޖުތައް ޑިލީޑް ކުރިޔަށް އިންޓާލަން ސްޓޯރޭޖާއި ގޫގުލް ޑްރައިވްގެ އިތުރުން އައިކްލައުޑް ފަދަ އެއްޗެހީގެ ސަބަބުން އެ މެސެޖުތައް އަލުން ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޭނާ ބުނީ ރިއާގެ މައްސަލަ ގަނޑުގެ ފަހުން މަޑުވެފައި އޮތުމަށް ފަހު އާރްޔަންގެ މައްސަލަ އާއިއެކު އަނެއްކާވެސް ބޮލީވުޑް ތަރިންގެ މައްސަލަތައް ހިލެން ފަށާނެ ކަމަށެވެ. އަދި ތަރިންގެ އަމިއްލަ ކަންކަން ސިއްރުކޮށްގެން އުޅެން އުނދަގޫވާނެ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް