ސަރުކާރުގެ ވިސްނުންތެރި އިގްތިސާދީ ސިޔާސަތުގެ ނަތީޖާ ފެންނަން ފަށައިފި – ފިޗް ގެ ރޭޓިން މަތިކޮށްފި

ސަރުކާރުގެ ވިސްނުންތެރި އިގްތިސާދީ ސިޔާސަތުގެ ނަތީޖާ ފެންނަން ފަށައި، ފިޗްގެ ރޭޓިން މަތިކޮށްފިއެވެ. ފިޗްގެ ރޭޓިން މަތިކޮށްފައިމިވަނީ ސީސީސީ އިން ބީ މައިނަސް އަށެވެ. ފިޗްގެ ރޭޓިން ސީސީސީއަށް ދަށްކުރީ މ...

29 Oct 2021 | 06:38

ސަރުކާރުގެ ވިސްނުންތެރި އިގްތިސާދީ ސިޔާސަތުގެ ނަތީޖާ ފެންނަން ފަށައި، ފިޗްގެ ރޭޓިން މަތިކޮށްފިއެވެ.

ފިޗްގެ ރޭޓިން މަތިކޮށްފައިމިވަނީ ސީސީސީ އިން ބީ މައިނަސް އަށެވެ.

ފިޗްގެ ރޭޓިން ސީސީސީއަށް ދަށްކުރީ މީގެ އަހަރެއްހާ ދުވަސް ކުރިން، 06 ނޮވެމްބަރ 2020 ގައެވެ.

އޭރު ރާއްޖޭގެ ރޭޓިން ފިޗުން ދަށްކުރީ ލަފާކުރިވަރަށްވުރެވެސް ބޮޑަށް އިގްތިސާދު ލޮޅުން ބޮޑުވެފައިވާކަމަށް ބުނެއެވެ.

ނަމަވެސް ރާއްޖޭގެ ރޭޓިން މިހާރު ބީ މައިނަސްއަށް ބަދަލުކޮށްފައިވާއިރު ބުނެފައިވަނީ އިގްތިސާދީ ހާލަތު ބާރު ސްޕީޑެއްގައި ރަނގަޅުވަމުން އަންނަ މަންޒަރު ފެންނަމުން އަނންަ ކަމށާއި ފަތުވެރިކަމުގެ ސިނާއަތް، އުންމީދު ކުރިވަރަށްވުރެވެސް ރަނގަޅުވާ މަންޒަރު ފެންނަމުން އަންނަ ކަމަށެވެ.

"ޕެންޑަމިކްގެ ކުރީގެ ހާލަތާ ބަލާއިރު، ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 70އިންސައްތައަށް އަރާ ހަމަކޮށްފި، ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވެއްޖެ، ދެ ދުވަސް ތިން ދުވަސް އިތުރަށް މިހާރު ރާއްޖޭގައި ހޭދަކުރޭ، މި އަންނަ އަހަރު އެ އިންސައްތަ 80 އަށް އަރައި، 2023 ގައި 100 އިންސައްތައަށް އަރާނެކަމަށް މިހާރު ލަފާކުރެވޭ" ފިޗުން ބުނެފައިވެއެވެ.

މިހާރު ދީފައިވާ ރޭޓިންއާއި ބެހޭގޮތުން ފިޗުން ބުނެފައިވަނީ ރާއްޖޭގެ ޖީޑީޕީ މިއަހަރު 29.4 އިންސައްތަ، އަދި އަންނަ އަހަރު އިތުރު 10 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. 2020 ގައި 33.5 އިންސައްތަ ދަށަށް ދިޔަކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި އެ ދަށްވުމަކީ ޕެންޑަމިކާއެކު މުޅި ދުނިޔޭގެ އިގްތިސާދަށްވެސް އައި ދަށްވުމެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

ފިޗްގެ ރޭޓިން މަތިވުމާއެކު، އިގްތިސާދީ އިތުރު ފުރުސަތުތަށް ރާއްޖެއަށް ލިބޭނެ ކަމުގެ އުންމީދު މިވަނީ އާވެފައެވެ.

ރާއްޖެ އަށް ކްރެޑިޓް ރޭޓިން ދެނީ ދުނިޔޭގެ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީސް އިންވެސްޓާސް އިންނެވެ.

ރާއްޖެއާ ގުޅޭގޮތުން އާންމުކޮށް ލިބެން ހުންނަ މާލީ ހިސާބުތަކާ ބެހޭ މައުލޫމާތު ހޯދައި، ރާއްޖެއަށް ޒިޔާރަތްކޮށް އަމަލީ ގޮތުން މައުލޫމާތު އެއްކޮށް، މި ދެ ކުންފުނިން އަންނަނީ ކޮންމެ އަހަރަކު ރާއްޖެއާއި ގުޅޭ ރޭޓިންވެސް ހާމަކުރަމުންނެވެ. ފިޗުން ރާއްޖެއަށް ރޭޓިން ދޭން ފެށީ 2016 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް