އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމުގައިވާ މޭރީ ގްރޭސްގެ މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮަށްފައިވާ އޭނާގެ ފިރިމީހާ 29 އަހަރުގެ މާވިންގެ ލޯބިވެރިޔެއް ހުންނަ ކަން އެނގިއްޖެ އެވެ.
މާވިން އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެކެވެ. އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތު އެނގޭ މީހަކު ކިޔައިދީފައިވާ ގޮތުގައި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ހަމަ އެހޮސްޕިޓަލްގައި މަސައްކަތް ކުރާ ދިވެހި ނަރުހަކާ އެވެ.
އަދި ދެމީހުން އުޅެނީ ވަރަށް ފާޅުގައި ކަމަށާއި ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމަކީ މޭރީއަށްވެސް އެނގޭ ގުޅުމެއް ކަމަށެވެ. އަދި ހޮސްޕިޓަލުގެ އިތުރުން އާންމު ތަންތަނުގައިވެސް ދިވެހި ނަރުހާއި އެކު މާވިން އުޅެނީ ގައިގޯޅިކޮށް ވަރަށް ފާޅުގައި ކަމަށް އެމީހާ ބުނެފައިވެ އެވެ.
މާވިން ދިވެހި ލޯބިވެރިއަކު ގެންގުޅޭކަން ފަޅާ އެރުމުން ބައެއް މީހުން ދަނީ މޭރީގެ މަރުގެ ހަގީގަތް އެ ދިވެހި އަންހެން މީހާއަށް އެނގޭނެ ކަމަށް ސޯޝަލް މީޑިއާގައި ބުނަމުންނެވެ.
މޭރީގެ މަރުގެ ތުހުމަތުގައި މާވިން ހައްޔަރުކޮށް އިއްޔެ 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވެއެވެ.
މޭރީގެ މަރުގެ މައްސަަލައިގައި މާވިންއަށް ތުހުމަތުކުރަން ޖެހުނީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންގޮސް ބެލި ބެލުމުން އަމިއްލަ އަށް މަރުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް އޭނާގެ ހަށިގަނޑުން ފެނިފައި ނުވާތީއެވެ. އަދި ފުލުހުން ދިއުމުގެ ކުރިން ދަން ޖެހުނު ކަމަށް ބުނާ ތަން ސާފު ކުރުމުންނެވެ.
މެރީގެ ފޭސްބުކްގައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި މާވިންއާ ދެމީހުން ކައިވެނި ކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގައެވެ. އަދި އެ ކައިވެންޏައް ލިބިފައިވާ ދަރިއަކުވެސް އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް