އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ފަރުވާ ދެނީ

އައްޑޫ ސިޓީގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 08:30 ހާއިރުގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މަރަދޫ ފޭދޫ ...

29 Oct 2019 | 17:55

އައްޑޫ ސިޓީގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 08:30 ހާއިރުގައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މަރަދޫ ފޭދޫ މޯލްޑިވިއަން ޓިކެޓް އޮފީސް ކުރިމަތީގައެވެ. ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާ ލިބުނު ކަމަށްވެއެވެ.

ތިން މީހުން ކުރެ އެކަކު ފަރުވާ ދިނުމަށް ފުރަތަމަ މަރަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އޭނާގެ ބޮލަށް އަނިޔާވެފައިވާތީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މިހާރު ބަދަލުކޮށް ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓާއި ގުޅޭ މައުލޫމާތު ފުލުހުންގެ ފަރާތުން އަދި ލިބޭ ގޮތެއް ނުވެއެވެ. އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ބަހެއްވެސް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް