ބިރުދައްކައިގެން އިއުތިރާފު ކުރުމުގެ ބާރު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން) އަށް ލިބިގެން ނުވާކަމުގައި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިހެން ވިދާޅުވީ މޫސާ އަންވަރު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
"މިއީ ވަރަށް ސީރިއަސް މައްސަލައެއް. ބިރުދައްކައިގެން އިއުތިރާފް ކުރުމުގެ އެއްވެސް ބާރެއް ކޮމިޝަނަށް ލިބިގެން ނުވޭ. ތަޅުލާފަހުރި ބަންދުތަނެއްގައި ބެހެއްޓީ ކޮން އުސޫލަކުންތޯ؟ މިކަމަށް ޖަވާބްދާރީވާން ޖެހޭނެ." އެޗްއާރުސީއެމް އާއި ފުލުހުންގެ ޓްވިޓާ ހޭންޑަލް ޓެގް ކުރައްވައި އިލްހާމް އަހްމަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިލްހާމް ކުރެއްވި ޓްވީޓްގައި ދައްކާފައި އެވަނީ މީގެ ދެ އަހަރު ކުރިން ފުވައްމުލަކުން ގެއްލުނު މުހައްމަދު ޝަފީއު، މަރާލައި ވަޅުލާފައިވާ ކަމަށް ތުހުމަތުކޮށް، މަރު ކޮމިޝަނުން އޭނާގެ ކުރީގެ އަނބިމީހާއާ ސުވާލުކުރަން ފަށާފައިވާ މައްސަލައިގައެވެ.
https://twitter.com/ilhammaldives/status/1189127972017467392
ގާނޫނީ ވަކީލަކާ ނުލައި، ގަދަކަމުން ސުވާލުކޮށް މަރު ކޮމިޝަނުން ނަޝީދާ ރަހީނުކުރީ ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ. ތަހުގީގަށް އިއްޔެ ވެސް ނަޝީދާ ވަނީ ހާޒިރުކޮށްފަ އެވެ.
ނަޝީދާ ބުނެފައިވާގޮތުގައި ޝަފީއުއަށް ވީގޮތެއް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް ޝަފީއު ވަޅުލާފައިވަނީ ކޮންތާކުތޯ މަރު ކޮމިޝަނުން ތަކުރާރުކޮށް އަހާފައިވާކަމަށް ނަޝީދާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް