ލުބުނާނުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ކުރަމުން އަންނަ މުޒާހަރާތައް ކޮންޓްރޯލުން ނައްޓާފައިވާއިރު އެ ގައުމުގެ ބޮޑުވަޒީރު ސާދް ހަރީރީ މިރޭ އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
ޓީވީ މެދުވެރިކޮށް ދިން ބަސްދީގަތުމެއްގައި ހަރީރީ ވިދާޅުވީ އިސްތިއުފާގެ ސިޓީ ރިޔާސީ ގަނޑުވަރަށް ގެންދިއުމުގެ ދަތުރު އިރުކޮޅެއްގެ ތެރޭގައި ފަށާނެ ކަމަށެވެ.
މެދުކެނޑުމެއްނެތި ކުރިއަށްދާ މުޒާހަރާއަށް 13 ދުވަސްވެފައިވާއިރު ހަރީރީ ވިދާޅުވެފައިވާގޮތުގައި އޭނާ މި ނިންމުން ނިންމެވީ މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކަށް ބޯލެނބުމުގެ ގޮތުން ކަމަށެވެ. އެގޮތުން އިސްތިއުފާގެ ސިޓީ ރައީސް މިޝޭލް އައޫންގެ އަތްޕުޅަށް މިރޭ އަރުވާނެ ކަމަށް ހަރީރީ ވިދާޅުވިއެވެ.
ތަފްސީލު އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް