ގައުމުގެ އެއްބައިވަންތަކަން ފުނޑުފުނޑު ކޮށްލަން ޖާގަދީގެން ނުވާނެ ކަމަށް މޯލްޑިވިސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ޤައުމީ ދުވަހުގެ ޙާދިސާ އަކީ ޢިބުރަތުގެ ނަޒަރަކުން ބަލާ، ވިސްނަންޖެހޭ ފަދަ ހާދިސާއެއް ކަމަށެވެ. އަދި ދިވެއްސަކަށް ވީތީ މިކަމާމެދު ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ޤައުމަށްޓަކައި ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްހުރި ފަރުދަކަށް ވާންޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ގައުމަށް ތިބާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަހާނެ ބަޔަކަށްވާން އަޒުމް ކަނޑައަޅަންޖެހޭ ކަމަށްވެސް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
"ދިވެއްސަކަށްވީތީ މިކަމާމެދު ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ޤައުމަށްޓަކައި ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްހުރި ފަރުދަކަށް ވާންޖެހެއެވެ." އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން ދިވެހި މުޖުތަމަޢަކީ، އެކަކު އަނެކަކަށް ކަމޭހިތާ، އެކަކު އަނެކަކަށް ހެޔޮއެދޭ، އެކަކު އަނެކަކަށް ޖާގަދޭ، އެއްބައިވަންތަ ސަމާޙަތްތެރި މުޖުތަމަޢަކަށް ހަދަންޖެހޭ ކަމަށްވެސް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް