ރާއްޖެ ސަރަހައްދުގައި ކޮޅިގަނޑެއް އުފެދިއްޖެ، ކުރިއަށް 48 ގަޑިއިރު މޫސުން ގޯސް

ސްރީ ލަންކާ އާއި ރާއްޖެ އާއި ދެމެދު ކޮޅިގަނޑެއް އުފެދިފައިވާކަމަށާއި ކުރިއަށް އޮތް 48 ގަޑިއިރު މޫސުން ގޯސްވާނެ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މެޓް އޮފީހުން މިހެން ބުނެފައިވަނީ މި...

29 Oct 2019 | 08:51

ސްރީ ލަންކާ އާއި ރާއްޖެ އާއި ދެމެދު ކޮޅިގަނޑެއް އުފެދިފައިވާކަމަށާއި ކުރިއަށް އޮތް 48 ގަޑިއިރު މޫސުން ގޯސްވާނެ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން މިހެން ބުނެފައިވަނީ މިއަދު އާންމުކުރި މޫސުމާއިބެހޭ ހަބަރެއްގައެވެ.

އެ ހަބަރުގައި ބުނެފައިވާގޮތުގައި ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ ސްރީ ލަންކާއާއި ރާއްޖެއާއި ދެމެދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ.

"ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ރާއްޖެއާއި ކައިރިން ހުޅަނގަށް ދަތުރުކޮށް، އަރަބި ކަނޑަށް ޖެހެމުންދާނެއެވެ" މެޓް އޮފީހުން ބުނެފައިވެއެވެ.

މި ކޮޅިގަނޑާއި ގުޅިގެން ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް