ބުދަ އަދި ބުރާސްފަތި ދުވަހު ލައިވް ވަޒަން ބޭނުންކުރާ ތަމްރީނެއް ކުރިއަށް ގެންދަނީ

ލައިވް ވަޒަން ބޭނުން ކޮށްގެން ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ބުދަ އަދި ބުރާސްފަތި ދުވަހު ގިރިފުށީގައި ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެންއިން ބުނެފިއެވެ. އެމްއެންޑީއެފުން ބުނ...

29 Oct 2019 | 08:17

ލައިވް ވަޒަން ބޭނުން ކޮށްގެން ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ބުދަ އަދި ބުރާސްފަތި ދުވަހު ގިރިފުށީގައި ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެންއިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ދެ ދުވަހުގެ އިރުއޮއްސި 6:00 އިން ރޭގަނޑު 9:30 އަށް ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ތަމްރީނުތަކުގައި ބޭނުން ކުރާ ބަޑީގެ ވަޒަން ގިރިފުށީގެ ހުޅަނގު ދެކުނުން 3000 މީޓަރު ދަތުރު ކުރާނެ ކަމަށެވެ.

އެ ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ އުސްމިނަކީ 30 މީޓަރު ކަމަށް އެމްއެންޑީއެންއިން ބުންޏެވެ. ސިފައިންގެ މި ތަމްރީނުތަކުގައި ލައިވް ވަޒަނާއެކު ބަޑި ބޭނުން ކުރާނެ ކަމަށްވެސް އެމްއެންޑީއެންފްއިން ބުންޏެވެ. ދާދިފަހުން ވެސް އެމްއެންޑީއެންފްއިން ވަނީ މިފަދަ ތަމްރީނެއް ހަމަ ގިރިފުށީގައި ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް