މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އަނެއްކާވެސް ޔެލޯ އެލާޓް ނެރެފި އެވެ.
ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފާސް) އިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ލ. އަތޮޅަށެވެ. މި ސަރަހައްދުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މި ސަރަހައްދަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު 11:00 އިން ހަވީރު 15:00 އަށެވެ.
ކުރިއަށް އޮތް 48 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިއަދު ހެނދުނު މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވެސް ޔެލޯ އެލާޓް ނެރެފައެވެ. އެ ސަރަހައްދަށް ވެސް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް