ހެންވޭރު ބޭންކް އޮފް މޯލްޑިވްސް ކައިރީ ހުރި މަނީ އެކްސްޗޭންޖް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ ދަންވަރު ބޮޑުތަކުރުފާނު މަގުގައި ހުރި މަނީ އެކްސްޗޭންޖްގެ ބިއްލޫރިގަނޑު ތަޅާލައި ބަޔަކު ގެއްލުން ދީފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ރޭ ދަންވަރު 2:28 ހާއިރު އެ ފިހާރަ ތަޅާލާފައި ވަނީ ސައިކަލެއްގައި ދިޔަ ދެމީހަކު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް