މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބޯކޮށް ވާރެ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ.
މި އެލާޓް މިއަދު 7:00 ގައި ނެރިފައިވާއިރު މިއަދުގެ 11:00 ގެ ނިޔަލަށް އެލާޓް ދެމި އޮންނާނެ އެވެ.
މެޓުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭޣައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރާ ކަމަށެވެ.
އެހެންކަމުން ހާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށް މެޓުން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް