ބޭސް ސިޓީއާ ނުލާ ޒެންޓެކް ބޭސް ނުވިއްކަން އަންގައިފި

ގޭސްޓްރިކްއަށް ދިވެހިން ބޭނުންކުރާ ބޭހެއް ކަމަށްވާ ރެނިޓިޑީން ނުވަތަ ޒެންޓެކް ބޭސް ޑޮކްޓަރެއްގެ ބޭސް ސިޓީއަކާއި ނުލާ ދޫ ނުކުރުމަށް ބޭސް ފިހާރަތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އި...

29 Sep 2019 | 18:25

ގޭސްޓްރިކްއަށް ދިވެހިން ބޭނުންކުރާ ބޭހެއް ކަމަށްވާ ރެނިޓިޑީން ނުވަތަ ޒެންޓެކް ބޭސް ޑޮކްޓަރެއްގެ ބޭސް ސިޓީއަކާއި ނުލާ ދޫ ނުކުރުމަށް ބޭސް ފިހާރަތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން އަންގައިފިއެވެ.

މި ބޭސް ވިއްކުން އެފްޑީއޭއިން މަނަލެއް ނުކުރެއެވެ. އެކަމާއި ގުޅޭ ގޮތުން އެފްޑީއޭއިން ބުުނީ ރާއްޖޭގައި އެ ބޭސް ވިއްކުން މަނާ ކޮށްފައި ނުވަނީ ދުނިޔޭގެ އެއްވެސް ގައުމަކުން އެފަދަ ފިޔަވަޅެއް އަޅާފައި ނުވާތީ ކަމަށެވެ. ނަމަވެސް އެ ބޭހުގެ މައްސަލަ ފެންމަތިވި ހިސާބުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެފްޑީއޭއިން ބުނެއެވެ.

ޒެންޓެކްއަކީ ބަނޑުގައި އުފެދޭ އެސިޑްގެ އުނދަގޫ ކުރިމަތިވާ ފަރާތްތަކާ އެކިކަހަލަ އެލާޖީ ހުންނަ މީހުން އެންޓި ހިސްޓަމީންއެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ ބޭހެކެވެ.

މިހާތަނަށް ހޯދުނު ހޯދުންތަކަށް ބަލާއިރު ޒެންޓެކްއާއި ޖެނެރިކް ބްރޭންޑްތަކުގެ ހުރިހާ އުފެއްދުމަކުންވެސް ކެންސަރަށް މަގުފަހި ކުރާ މާއްދާއެއް ކަމަށްވާ ނައިޓްރޯސޯޑިމެތީލަމީން ނުވަތަ އެން.ޑީ.މީ.އޭގެ މާއްދާ ފެނިފައި ވާކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ޔޫރަޕިއަން މެޑިސިންސް އޭޖެންސީއިންވަނީ ރިޕޯޓް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް