ޅ. ހިންނަވަރުގައި ގަވާއިދާއި ހިލާފަށް އުޅެމުން ދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ.
އޭނާ މަރުވީ މެޔަށް ތަދެއް އަރައިގެން ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ޅ. ނައިފަރު ކައުންސިލުން ބުނީ އޭނާ އެންމެ ފުރަތަމަ ފަރުވާ ހޯދީ ޅ. ހިންނަވަރު ސިއްހީ މަރުކަޒުން ކަމަށެވެ. ނަމަވެސް އިތުރު ފަރުވާއަށް ޅ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރީއެވެ.
ނައިފަރު ކައުންސިލުން ބުނީ އެމީހާ މަރުވޔމުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީއަށް އެކައުންސިލުން ގުޅި ކަމަށެވެ. ނަމަވެސް ގަވާއިދާއި ހިލާފަށް އުޅޭ މީހުންނަކީ އެމްބަސީއާ ގުޅުމެއް އޮންނަ ބައެއް ނޫން ކަމަށް ބުނެ މަރުވި ބަންގްލަދޭޝް މީހާއާ އެ އެމްބަސީން ހަވާލުނުވި ކަމަށް ނައިފަރު ކައުންސިލުން ބުނެއެވެ. ނައިފަރުގައި އެމީހާ ވަޅުލުމުގެ ހުއްދައެއް ނޯވެއެވެ. އެހެންކަމުން ނައިފަރުން މިހާރު މަސައްކަތް ކުރަމުން ދަނީ މަރުވި ބަންގްލަދޭޝް މީހާގެ ހަށިގަނޑު މާލެ ފޮނުވާލެވޭތޯއެވެ.
އެމީހާ މަރުވިއިރު ޕާސްޕޯޓެއްވެސް އަދި ވިސާއެއްވެސް ނެތް ކަމަށް ނައިފަރު ކައުންސިލުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް