ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 11 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރަން ތިން ކުންފުންޏަކާ އެކު މިއަދު ޕްލޭނިން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެގާރަ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ތިން ކުންފުންޏަކާއެވެ. މި މަސައްކަތްތައް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަޝްރޫއުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު އަށް ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ފެނުގެ ނިޒާމު ތިން ރަށެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރާ ރަށްތައް، އަދަދާއިއެކު:
-
ކ.ގުޅީ (26.9 މިލިއަން ރުފިޔާ)
-
ފ.މަގޫދޫ (31.4 މިލިއަން ރުފިޔާ)
-
ރ.އިނގުރައިދޫ (33.9 މިލިއަން ރުފިޔާ)
-
ށ.ނަރުދޫ (25.5 މިލިއަން ރުފިޔާ)
-
ށ.މާއުނގޫދޫ (24.9 މިލިއަން ރުފިޔާ)
-
ނ.ޅޮހީ (24.9 މިލިއަން ރުފިޔާ)
-
ހއ.ފިއްލަދޫ (27.3 މިލިއަން ރުފިޔާ)
-
ހދ.ފިނޭ (21.3 މިލިއަން ރުފިޔާ)
ފެނުގެ ނިޒާމު ގާއިމްކުރާ ރަށްތައް، އަދަދާއިއެކު:
-
ހދ.ނައިވާދޫ (15.3 މިލިއަން ރުފިޔާ)
-
ނ.ހޮޅުދޫ (16 މިލިއަން ރުފިޔާ)
-
3- ލ.މާވަށު (21 މިލިއަން ރުފިޔާ)
މި މަޝްރޫއުތަކުގެ ތެރެއިން ކ. ގުޅި، ފ. މަގޫދޫ ރ. އިނގުރައިދޫ އާއި ލ މާވަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.
ށ. ނަރަދޫ، ށ. މާއުނގޫދޫ، ނ ޅޮހީ އަދި ނ ހޮޅުދޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި އެވެ.ހއ. ފިއްލަދޫ، ހދ ފިނޭ އަދި ހދ މަސައްކަތް ހަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް