ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާ މާލޭ ސަރަހައްދުގައި 43 އެކްސިޑެންޓެއް ހިނގައި، 15 މީހަކަށް ވަނީ އެކިވަރުގެ އަނިޔާލިބިފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން މިމަހުގެ 21 އިން ފެށިގެން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ލައިސެންސް ނެތި 40 މީހަކު ހިފަހައްޓާފައިވާއިރު ލައިސަންސް އަތުގައި ނެތި ދުއްވި 31 މީހެއްގެ މައްސަލަ ފުލުހުން ބަލާފައިވެއެވެ.
މީގެ އިތުރުން ދެ މީހެއްގެ ލައިސަންސް މިދިޔަ ހަފްތާގައިވަނީ ހިފައްހައްޓާފައެވެ. އަދި ޤަވައިދާ ހިލާފަށް ޓެކްސީ ކުރި ދެ މައްސަލައަކާއި ހެލްމެޓް ނާޅާ ދުއްވި ފަސް މައްސަލައެއް ވަނީ ބަލާފައެވެ.
މިދިޔަ ހަފްތާގައި އިންޝުރަންސާއި ރޯޑް ވާދިނަސް ނެތް 22 މައްސަލަކާއި ޓްރެފިކް ސައިންތަކާއި ހިލާފުވި 11 މައްސަލައަކާއި ހެޑް ފޯނު އަޅައިގެން ދުއްވި 17 މައްސަލައެއް ފުލުހުން ބަލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް