ފުލުހުން އާއްމުކުރި ޓްރެފިކް މައްސަލަތަކުގެ ހިސާބުތައް ދައްކާގޮތުން ޤަވާއިދާ ހިލާފަށް ޕާކުކުރުމުން މިދިޔަ ހަފްތާގައި ސްޓިކާ ޖެހި އުޅަނދުތަކުގެ އަދަދު ދަށަށް ހިގައްޖެއެވެ.
ފުލުހުން އާންމުކުރި ޓްރެފިކް މައްސަލަތަކުގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ޤަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 481 އުޅަނދުގައި ވަނީ ސްޓިކާ ޖަހާފައެވެ. ނަމަވެސް އޭގެ ކުރީ ހަފްތާގައި ޤަވާއިދާ ހިލާފަށް ޕާކުކޮށްގެން ސްޓިކާ ޖަހާފައިވަނީ 519 އުޅަނދެއްގައެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފްތާގައި ލައިސެންސް ނެތި 40 މީހަކު ހިފަހައްޓާފައިވާއިރު ލައިސަންސް އަތުގައި ނެތި ދުއްވި 31 މީހެއްގެ މައްސަލަ ފުލުހުން ބަލާފައިވެއެވެ.
މާލޭގައި ޕާކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލުން އައްނަނީ އެކި ސަރަހައްދުތަކުގައި ޕާކިން އޭރިއާތައް ހަދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް