ޖޮބް ފެއާގެ ސަބަބުން ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ - ނައިބު ރައީސް

ބައިނަލް އަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްދާ ޖޮބް ފެއާގެ ސަބަބުން ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ނައިބު ރައީސް ...

29 Sep 2019 | 04:47

ބައިނަލް އަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްދާ ޖޮބް ފެއާގެ ސަބަބުން ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަރުކޮޅުފުށީގައި ކުރިއަށްދާ ޖޮބް ފެއާއަށް ޒިޔާރަތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، ދިވެހި ޒުވާނުންނަށް އަދި ވަކިން ޚާއްޞަކޮށް ދިވެހި އަންހެން ކަނބަލުންނަށް ބޭނުންވަނީ ވަޒީފާގެ ފުރުޞަތުތައް ލިބުންކަމަށެވެ.

އެގޮތުން މި ޖޮބް ފެއާއަކީ ފެށުމެއްކަމަށާއި ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ވަޒީފާ އަދާކުރާ ނިސްބަތް އިތުރުވެގެންދާތަން ފެނިގެންދާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތުތައް ހަމަޖައްސައިދޭ ގޮތަށް އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ މި ފެއާގެ ތެރެއިން 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް