ހުޅުމާލޭގައި ރޭގައި ކުއްލި ގޮތަކަށް ދެ ޒުވާނަކު މަރުވެފައިވާއިރު އެ ދެ މަރާއި ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ރޭ ކުއްލި ގޮތަކަށް މަރުވީ އުމުރުން 22 އަހަރުގެ އަހްމަދދު ހާމީން އާއި އަދި އުމުރުން 18 އަހަރުގެ، ދަފްތަރު ފާތުމަތު ސަމާ އެވެ.
ފުލުހުން ބުނީ ދެ މަރާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މީހުން ތިބި ތަނުން ޕާޓީ ޑްރަގްސް ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އުފަން ދުވަހުގެ ޕާޓީއެއް ބާއްވަން އުޅުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ހައްޔަރުކުރި މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި ދެ ޒުވާނުންގެ ކުއްލި މަރާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިފައިވާއިރު މި ދެ ޒުވާނުންގެ ރައްޓެހިން ރޭ ބުނެފައިވަނީ އެކަކު މަރުވީ މެއަށް ތަދެއް އަރައިގެން ކަމަށެވެ. އަދި އަންހެންކުއްޖާ މަރުވީ ގެނބިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް