ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް އަރި އަތޮޅަށް!

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ފަސް ރަށަކަށް މިހިދުމަތް ފޯރކޮށްދީފިއެވެ. ދިރާ...

29 Sep 2017 | 05:06

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ފަސް ރަށަކަށް މިހިދުމަތް ފޯރކޮށްދީފިއެވެ.

ދިރާގުން ހާމަކުރާގޮތުގައި ހިދުމަތް ފޯރުކުރެވުނު ރަށްތަކަކީ އދ. ދަނގެތި، އަދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި އަދި އއ. ބޮޑުފުޅަދޫ އެވެ. މި ރަށްރަށުގައި ވެސް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފު ކުރުމުގެ ގޮތުން ވަނީ ޚާއްޞަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައެވެ.

އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ ޚިދުމަތަށް އެދޭ ފަރާތްތަކަށް، ފައިބަރ ބްރޯޑްބޭންޑް ގުޅައިދިނުމުގެ ފީ މުޅިން ހިލޭ ދިރާގުން ފޯރުކޮށްދޭނޭ ކަމުގައި ދިރާގުން ހާމަކުރެ އެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުން ފައިބަރ ނެޓްވޯކް ޤާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ  މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ، ކ.ތުލުސްދޫ، ކ. ދިއްފުށި، ކ. ގުރައިދޫ، ލ. ގަން، ލ. ފޮނަދޫ ވ. ކެޔޮދޫ، ވ.ފުލިދޫ، ވ.ތިނަދޫ އަދި ބ. ދަރަވަންދޫގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް