އައިއެސްގެ ލީޑަރު މަރެއް ނުވޭ، އޭނާ ވާހަކަ ދައްކައިފި !

އެމެރިކާ އާއި ރަޝިޔާއިންވެސް އަދި ސީރިޔާ އަދި އިރާގުންވެސް ގަބޫލުކޮށްގެން ތިބީ އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކްރް އަލް ބަގްދާދީ މަރައިލެވިއްޖެ ކަމަށެވެ. ނަމަވެސް އައިއެސްއިން އިއްޔެ ވަނީ އޭނާގެ ތަގ...

28 Sep 2017 | 22:51

އެމެރިކާ އާއި ރަޝިޔާއިންވެސް އަދި ސީރިޔާ އަދި އިރާގުންވެސް ގަބޫލުކޮށްގެން ތިބީ އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކްރް އަލް ބަގްދާދީ މަރައިލެވިއްޖެ ކަމަށެވެ. ނަމަވެސް އައިއެސްއިން އިއްޔެ ވަނީ އޭނާގެ ތަގުރީރެއް އާއްމު ކޮށްފަ އެވެ.

އެ ތަގުރީރުގައި އައިއެސްގެ ލީޑަރު ވަނީ އައިއެސް ހަނގުރާމަވެރިން ކެތްތެރިކަމާއެކު ހަނގުރާމަ ކުރުމަސް ގޮވައިލާފަ އެވެ. އޭނާ ބުނެފައިވަނީ އެމެރިކާ، ޔޫރަޕް އަދި ރަޝިޔާ ތިބީ އަތުވެދާނެ ހަމަލާތަކަކަށް ބިރުން ކަމަށެވެ.

ބަގްދާދީ ކުރިން މަރުވެފައިވާކަމަށް އަޑު ފެތުރިފައިވީނަމަވެސް އިއްޔެ އާއްމުކުރި މި ތަގުރީރާއެކު އޭނާ ދުނިޔޭގައި ހުރިކަން އެނގޭ ކަމަށް މުރާސިލުން ބުނެ އެވެ. އަދި މި އޯޑިއޯއަކީ ދާދި ފަހުން ރެކޯޑްކޮށްފައިވާ އޯޑިއޯއެއްކަން އެނގެނީ އެމެރިކާއާއި އުތުރު ކޮރެއާގެ ކޯޅުންތަކުގެ ވާހަކަ މި އޯޑިއާގައި ބަގްދާދީ ދައްކާފައިވުމުން ކަމުގައިވެސް މުރާސިލުން ބުނެ އެވެ.

މިއީ ނޮވެމްބަރު 2016 އަށްފަހު ބަގްދާދީގެ އޯޑިއޯއެއް އާއްމުވި ފުރަތަމަ ފަހަރެވެ. މި އޯޑިއޯގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް