ހުޅުމާލެ ވިނަރެސް ކައިރީ ހިނގި އެކްސިޑެންޓުގައި ނުވަ އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސް

ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުގައި ސައިކަލެއް ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެއެވެ. މި...

29 Aug 2026 | 18:20
އެކްސިޑެންޓުވި ސަރަހައްދު - ފޮޓޯ: ވޮއިސް

އެކްސިޑެންޓުވި ސަރަހައްދު - ފޮޓޯ: ވޮއިސް

ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުގައި ސައިކަލެއް ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

މިރޭ 21:04 ހާއިރު ވިނަރެސް 7 ކައިރިން ހިނގި މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. ސީސީޓީވީ ފުޓޭޖުތައް ބެލުމުން އެނގިފައިވާ ގޮތުގައި ވިނަރެސް 7 ކައިރީ މަޑުކޮށްފައި އޮތް ކާރަކަށް އެރުމަށް މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ހިތިގަސްމަގުން ދުއްވާފައި އައި ސައިކަލެއް ޖެހުނީއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި 18 އަހަރުގެ ދިވެހި އަންހެނަކަށާއި ފަހަތުގައި އިން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް އަނިޔާވެ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. ސައިކަލު ދުއްވި ފަރާތުގެ އަތުގައި އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް