ފުލުހަކު ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ: ޕޮލިސް
ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގަ ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް ހަތި، ސާއިން އަބްދުލްގައްޔޫމް ކަމަށެވެ. އުމުރުން 23 އަހަރުގެ ސާއިން ފުލުހުން ހައްޔަރު ކުރީ ފުލުހެއްގެ ގައިގަ ސައިކަލު ޖައްސާފައި ފިލަން އުޅުނު ކަމުގެ ތުހުމަތުގައި އެވެ.
މިިކަން ހިނގީ މިއަދު ހަވީރު ޗާނދަނީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުގައި ފުލުހުން ޓްރެފިކް ބަލަހައްޓަމުން ދަނިކޮށެވެ. މި ހާދިސާގައި އަނިޔާވި ފުލުހުސް މީހާއަށް އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލައިގަ ސާއިން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ވަނީ މުއްދަތު ޖަހާފައި އެވެ.
ފުލުހުން ބުނީ އޭނާ ދުއްވި ސައިކަލު ވަނީ ޓޯކޮށްފައި ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ.
މީގެ ކުރިން ހިނގި މިފަދަ ހާދިސާތަކުގައި ފުލުހުން މަރުވެފައިވެސް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް