މާދަމާއިން ފެށިގެން ހެނދުނު ހައެއް ޖަހާއިރު ފިހާރަތައް ހުޅުވޭނެ

މާދަމާއިން ފެށިގެން ހެނދުނު 6:00 ގައި ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފި އެވެ. އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ...

29 Aug 2020 | 17:57

މާދަމާއިން ފެށިގެން ހެނދުނު 6:00 ގައި ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގައި، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް މާދަމާއިން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ހެނދުނު 6:00 ން ރޭގަނޑު 9:30 އަށް ފިހާރަތަކުގެ ހިދުމަތް ދެވޭނެ ކަމަށެވެ. މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ކެފޭ ރެސްޓޯރެންޓުތައް ހުޅުވޭ ގަޑި ފަތިހު 5:00 އަށް ބަދަލުކުރުމަށް ފަހު އެވެ.

ކެފޭ ރެސްޓޯރެންޓުތައްވެސް ބަންދު ކުރަން ޖެހޭ ގަޑިއަކީ ރޭގަނޑު 9:30 އެވެ.

މިނިސްޓްރީން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަ ފަދަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޯވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ދުއްވާ އެއްޗެހި ދުއްވުން މަނާކޮށް ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނިކުމެެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް