ނިޔާވެފައިވާ ޒުވާން އަންހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ 21 އަހަރުގެ އަންހެނަކު، ގެންދިޔަ އިރުވެސް ނިޔާވެފައިވާ މައްސަލައެއް މިރޭ 11:42 ހާއިރު ހޮސްޕިޓަލުން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން މިކަން ހާމަކޮށްފައިވާއިރު ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭ ގޮތުގައި ނިޔާވެފައިވާ އެ ޒުވާނާ، ޕްރައިވެޓް ކާރެއްގައި ހޮސްޕިޓަލަށް ގެންދިޔައީވެސް ދެ އަންހެނެކެވެ. އިތުރު ތަފްސީލެއް އަދިލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް