މޯލްޑިވިއަން އިން ހަނިމާދުއަށް ކުރަން ހުރި ދަތުރުތައް މޫސުމަށް ރިއާޔަތްކޮށް ފަސްކޮށްފި

މޫސުން ގޯސްވެފައިވާތީ އެކަމަށް ރިއާޔަތްކޮށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ. ހަނިމާދުއަށް ކުރަން ހުރި ދަތުރުތައް ފަސްކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މޯލްޑިވިއަންއިން ކޮށްފައިވާ ޓްވީޓެއްގައ...

29 Aug 2019 | 10:16

މޫސުން ގޯސްވެފައިވާތީ އެކަމަށް ރިއާޔަތްކޮށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ. ހަނިމާދުއަށް ކުރަން ހުރި ދަތުރުތައް ފަސްކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މޯލްޑިވިއަންއިން ކޮށްފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހަނިމާދުއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކުރިކަން ހުރިހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާކަމަށެވެ.

"އަދި ދަތުރުތައް އަލުންފެށުނުހާ އަވަހަކަށް އަންގަމުން ގެންދާނެވާހަކަވެސް ދަންނަވަން." މޯލްޑިވިއަން އިން ބުނެފައިވެއެވެ.

https://twitter.com/MaldivianAero/status/1167014292429955072

މޯލްޑިވިއަން އިން ހދ. ހަނިމާދުއަށް ކުރަން ހުރި  ދަތުރުތައް ފަސްކޮށްފައިވާއިރު ކަނޑުމަތީ ހިތާމަވެރި ހާދިސާއެއް މިއަދު މިވަނީ ހިނގާފައެވެ. ހދ. ނޮޅިވަރަމްފަރުން ހަނިމާދުއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި ފަސް މީހަކު މިވަނީ ނިޔާވެފައެވެ.

ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދެއްވުމަށް ސަލާމަތީ ބާރުތަކުންނާއި މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް