މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެންމެ ދެކުނުގެ ދެ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ 3:40 ހާއިރުގައެވެ.
މި ސަމާލުގައި ބުނެފައިވަނީ މިއަދު މެންދުރުފަހު 15:00 އާއި 18:00 އާއި ދެމެދުގެ ވަގުތުތަކުގައި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއާއި ދެމެދުގެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ހަމަ މިވަގުތުތަކުގައި 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
ދެކުނުގެ ދެ ސިޓީއަށް ރީނދޫ ސަމާލު ނެރެފައިވާއިރު މިއަދު ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މިހާތަނަށް ފަސް މީހަކު މިވަނީ މަރުވެފައެވެ. މޫސުން ގޯސް އިރު ކަނޑުދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ސަލާމަތީ ބާރުތަކުން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް