ބަންޑުންޖަހާލި ލޯންޗުން ދަތުރުކުރި 5 މީހަކު ނިޔާވެއްޖެ

މިއަދު ހދ. އަތޮޅުން ގެއްލިގެން ހޯދަމުން ދިޔަ ލޯންޗުގައި ތިބި 10 މީހުންގެ ތެރެއިން 5 މީހަކު ނިޔާވެއްޖެއެވެ. މި ލޯންޗުން 10 މީހަކު ދަތުރުކުރަމުން ދިޔަ ކަމަށް އެމްއެންޑިއެފް އިން ވަނީ ކަށަވަރު ކޮށްދީފައެ...

29 Aug 2019 | 09:44

މިއަދު ހދ. އަތޮޅުން ގެއްލިގެން ހޯދަމުން ދިޔަ ލޯންޗުގައި ތިބި 10 މީހުންގެ ތެރެއިން 5 މީހަކު ނިޔާވެއްޖެއެވެ.

މި ލޯންޗުން 10 މީހަކު ދަތުރުކުރަމުން ދިޔަ ކަމަށް އެމްއެންޑިއެފް އިން ވަނީ ކަށަވަރު ކޮށްދީފައެވެ. ހދ.ނޮޅިވަރަމުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރަމުން ދިޔަ މި ލޯންޗް ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު 12:25 ހާއިރުއެވެ.

އެމްއެންޑީއެފް އަށް މި ހާދިސާ ރިޕޯޓްކުރުމާއެކު އެމްއެންޑީއެފް ނޯދާން އޭރިޔާ އިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ލޯންޗުގައި ތިބި އެންމެންވެސް މިހާރު ވަނީ ފެނިފައެވެ. އޭގެތެރެއިން5 މީހަކު ވަނީ ނިޔާވެފައެވެ. މި5 މީހުންނަކީވެސް އެއް އާއިލާއަށް ނިސްބަތްވާ މީހުން ކަމަށް މަޢުލޫމާތު ލިބެއެވެ.

އިތުރު ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް