ސައިކަލެއްގައި ދިޔަ އަންހެނެއްގެ ސައިކަލު ޕޮކެޓް ތެރޭ އޮތް ޕާހެއް ފޭރުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިމަހުގެ 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކުރި މި ފޭރުމުގެ ހާދިސާ ހިނގާފައި ވަނީ މަޖީދީމަގު، އަގޯރާ ކައިރިންނެވެ.
މި މީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައިގެންނެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، މިމަހުގެ 28 ވަނަ ދުވަހު ފޭރުނު ފޯނު ހޯދުނު ކަމަށާއި ނަމަވެސް އެ ޕާހުގައި ހުރި 685ރ. ފެނިފައިނުވާ ކަމަށެވެ. ފޭރުނު މީހާ އެ ފައިސާ ބޭނުންކޮށްފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ. ފޭރުނު ފޯނު މިއަދު ވެރިފަރާތާއި ހަވާލުކުރެވުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް