ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖޭއެސްސީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިވުމާ އެކު މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ވަނީ މި މުއްދަތު ހުޅުވާލާފައެވެ.
އިއުލާންގައި ބުނެފައިވާ ގޮތުން ކުރިމަތިލާ ފަރާތް ތަކުގެ ތެރެއިން މަޤާމަށް އަށްޔަން ކުރަން އެ ކޮމިޝަނަށް ބޭފުޅެއްގެ ނަން ފޮނުވުމަށްފަހު، ފަނޑިޔާރު ކަމަށް އެމީހަކު އައްޔަން ކުރެވޭނީ ރައީސް ނަން ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެވެ.
އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް