ރަފީގެ ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި

ރަފީ ޖަމިއްޔާއިން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ގުޅިގެން އިންތިޒާމްކޮށްފައިވާ ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް (ޖީ.ވައި.ޕީ.އޭ) ޓްރެއިނިންގ ޕްރޮގްރާމް ވަރަށް ކުލ...

29 Aug 2019 | 08:34

ރަފީ ޖަމިއްޔާއިން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ގުޅިގެން އިންތިޒާމްކޮށްފައިވާ ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް (ޖީ.ވައި.ޕީ.އޭ) ޓްރެއިނިންގ ޕްރޮގްރާމް ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއި އެކު ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ކުރިޔަށްގެންދިޔަ މިހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް އެވެ. މި ހަފްލާގައި ގިނަ އަދަދެއްގެ ޒުވާނުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އަދި މުއަށްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

އަންނަމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ، ދުނިޔޭގެ ފެންވަރުގެ ޕީސް ޓްރެއިނިން ޕްރޮގްރަމް ވަނީ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައެވެ. އެގޮތުން 29 ގައުމަކުން ޖުމްލަ 200 ޒުވާނުން މި ޓްރެއިނިންގައި ބައިވެރިވެއެވެ.

ރަފީ އިން ވިދާޅުވި ގޮތުގައި ޖީވައިޕީއޭ ޓްރެއިން ޕްރޮގްރާމުގެ ތެރެއިން ކަނޑުގެ ދިރުންތަކަށް ލޯބިކޮށް އެތަކެއްޗަށް ރައްކާތެރިކަން ދިނުމަށް ގޮވާލާ "ސްނޯކަލް ފޯ ގްލޯބަލް ޕީސް – އައި އޭމް ޕީސް ވިއްތް މެރިން ލައިފް، ސްޓޮޕް ލިޓަރިން" ގެ ނަމުގައި ސްނޯކްލިން ސެޝަން އަކާއި ގްލޯބަލް ޕީސް ޔޫތު ވޯކް ގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން މާދަމާ ހުޅުމާލޭގައި ހިނގާލުމެއް ކުރިއަށްދާނެއެވެ.

މި ޓްރޭނިން ކުރިއަށް ދާނީ ތިން ދުވަހުގެ މުއްދަތަށެވެ. މި ޓްރެއިނިން ގައި ހަ ގައުމަކުން ސްޕީކަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް