މޫސުމަށް ސަމާލުވުމަށް އެންޑިއެމްއޭ އިން އިލްތިމާސް ކުރައްވައިފި

ކުރިޔަށް އޮތް 24 ގަޑިއިރު މާލެއަށް ގަދަޔަށް ވިއްސާރަކޮށް، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ، ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ސަމާލުވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންތް އޮތޯރިޓީ (...

29 Aug 2019 | 07:37

ކުރިޔަށް އޮތް 24 ގަޑިއިރު މާލެއަށް ގަދަޔަށް ވިއްސާރަކޮށް، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ، ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ސަމާލުވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންތް އޮތޯރިޓީ (އެންޑީއެމްއޭ) އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭ އިން ބުނެފައިވަނީ، ލަފާކުރެވޭ ގޮތުގައި ކުރިޔަށް އޮތް24 ގަޑިއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް، އަދި ޚާއްސަކޮށް މާލެއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45-50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭނެ ކަމަށެވެ. އެެހެންކަމުން ފެން ބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

އޭގެ އިތުރުން ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމަށާއި، ގެއަށް ފެން ނުވަންނާނެ ހެން ރައްކާތެރި ފިޔަވަޅު އެޅުން މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެހުމާއި، ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސާތަންތަނަށް ބަދަލުކުރުން އަދި އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމާއި، ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށްވެސް އެންޑީއެމްއޭ އިން ވަނީ އަންގާފައެވެ.

މީގެ އިތުރުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުމަށާއި އަދި ދަތުރަށް ނުކުންނައިރު

ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުން ވަރަށް މުހިންމު ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ދެ ސަރަހައްދަކަށް މިހާރުވެސް ވަނީ ރީނދޫ ސަމާލު ނެރެފައެއެވެ. އެއީ ހއ. އަތޮޅުން ފެށިގެން ރ.އަތޮޅާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް