ވަގަށް ވެހިކަލްތަކެއް އެތެރެކުރުމުގައި މިކުންފުނީގެ އިހުމާލެއް ނެތް: އެމްޕީއެލް

ވަގަށް ދެ ކޮންޓެއިނަރުގައި ގިނަ އަދަދެއްގެ ވެހިކަލް އެތެރެކުރުމުގައި އެ ކުންފުނީގެ އިހުމާލެއް ނެތްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނެ...

29 Aug 2019 | 07:31

ވަގަށް ދެ ކޮންޓެއިނަރުގައި ގިނަ އަދަދެއްގެ ވެހިކަލް އެތެރެކުރުމުގައި އެ ކުންފުނީގެ އިހުމާލެއް ނެތްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ގެނައި ދެ ކޮންޓެއިނަރަކުން ގިނަ އަދަދެއްގެ ވެހިކަލް ވަނީ އަތުލައިގެންފައެވެ. އެގޮތުން ތިން ކާރާއި، ދެ ޕިކަޕާއި، ދެ ވޭނުގެ އިތުރުން، 14 ސައިކަލް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

އެމްޕީއެލުން އިތުރަށް ބުނިގޮތުގައި އެ ކޮންޓެއިނަރުތައް ދޫކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވާނީ މުދާ ދޫކުރުމުގައި އާންމުކޮށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ.

މި ކަމުގައި ކުންފުނީގެ އިހުމާލެއް ނޯނާނެ ކަމަށާއި، ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޑިޔުޓީއެއް ނުދައްކާ އެ ވެހިކަލްތައް އެތެރުކުރި މައްސަލަ ކަސްޓަމްސް އާއި ފުލުހުން އިތުރަށް ތަޙުޤީޤް ކުރަމުންދާ ކަމަށް ވެސް އެމްޕީއެލް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް