ބޭރުގެ އިންވެސްޓަރުންނަށް އިންޑިއާގައި ވިޔަފާރި ކުރެވޭ އިތުރު ފުރުސަތުތަކެއް

ބޭރުގެ އިންވެސްޓަރުންނަށް އިންޑިއާގައި ވިޔަފާރިކުރެވޭނެ އިތުރު ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. އިންޑިއާގެ ހަބަރުތަށް ބުނާގޮތުގައި، އެގައުމުގައި ބޭރުގެ އިންވެސްޓަރުންނަށް ގިނަ ވިޔާފާރިތަކެއް ހުޅުވާލައ...

29 Aug 2019 | 06:48

ބޭރުގެ އިންވެސްޓަރުންނަށް އިންޑިއާގައި ވިޔަފާރިކުރެވޭނެ އިތުރު ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

އިންޑިއާގެ ހަބަރުތަށް ބުނާގޮތުގައި، އެގައުމުގައި ބޭރުގެ އިންވެސްޓަރުންނަށް ގިނަ ވިޔާފާރިތަކެއް ހުޅުވާލައިފައިވާއިރު، މެނުފެކްޗަރިން ވިޔަފާރިއާއި، ކޯލް މައިނިންގ އަދި ޑިޖިޓަލް މީޑިއާގެ ދާއިރާގައި ވިޔަފާރިކުރުމާއި އަދި ސިންގަލް ބްރޭންޑުތައް ރީޓެއިލްކުރާ ފަރާތްތަކަށް އޮންލައިން މެދުވެރިކޮށް އެ ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފައެވެ.

އިންޑިޔާގެ ކޮމާސް މިނިސްޓަރ ޕުޔުޝް ގޮޔާލް ވިދާޅުވިގޮތުގައި (އެފް.ޑީ.އައި) ޕޮލިސީއަށް ގެނައި ބަދަލާއެކު އިންވެސްޓަރުންގެ މެދުގައި އިންޑިއާއަކީ މަޤްބޫލު މަންޒިލަކަށްވެ، ގައުމުގައި ވަޒީފާގެ ފުރުޞަތު ތައް އިތުރުވެގެންދާނެއެވެ. މީގެ އިތުން އިންޑިއާގެެ އިޤްތިޞާދު ކުރިއަރާ، ފައިސާ އިތުރުވެ، ހަރުދަނާވެގެންދާނެ ކަމުގައި ވެސް މިނިސްޓރ ވިދާޅުވިއެވެ.

ރިޕޯޓުތަށް ބުނާގޮތުގައި އިންޑިއާއިން މިފަދަ ބަދަލުތަކެއް އެގައުމުގެ އެފް.ޑީ.އައި ޕޮލިސީއަށް ގެނެސްފައި މިވަނީ، ތަކެތި ގަތުމަށް އެގައުމުގެ ރައްޔިތުން ކުރާ ޚަރަދު މަދުވުމާ ގުޅިގެން، އެގައުމުގެ އިޤްތިޞާދު ނާޒުކު ފައްތަރަކަށް ވެއްޓިފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް