މާލިއްޔަތު ކޮމިޓީއަށް އަލީ ހާޝިމްގެ ނަން ފޮނުވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު، އަލީ ހާޝިމްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވުމުން، އެކަން އިތުރަށް ދިރާސާ ކުރު...

29 Aug 2019 | 06:19

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު، އަލީ ހާޝިމްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވުމުން، އެކަން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ކޮމިޓީއަށް މިއަދު އަލީ ހާޝިމްގެ ނަން ފޮނުވިއިރު، ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަން ކުރަން ރައީސް މަޖިލީހަށް ފޮނުއްވީ އިއްޔެ އެވެ.

އަލީ ހާޝިމް ގަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރެވޭނީ މަޖިލީހުން ރުހުން ދިނުމުންނެވެ.

ގަވަރުނަރުގެ މަގާމު މިހާރު ހުސްވެފައިވާއިރު، އެމަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމުންނެވެ.

އަލީ ހާޝިމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް