ބޮލީވުޑްގެ "ލެޖެންޑް" އަމީތާބް ބައްޗަންގެ މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗެއް މަރުވުމުން ބަހަންޖެހޭނީ ދެދަރިންނަށް ކަމަށް އޭނާ ބުނެފިއެވެ.
އަމީތާބް، 77، ގެ އެންމެ ހިޓް ޝޯވ، "ކޯން ބަނޭގާ ކަރޯޑްޕަތީ" ގައި ވާހަކަދައްކަމުން އޭނާ ބުނިގޮތުގައި، ބޭނުންވަނީ މަރުވުމުން އޭނާގެ މިލްކިއްޔާތުގައި ހުރި ހުރިހާ ފައިސާއަކާއި މުދަލެއް ދެ ދަރިންގެ މައްޗަށް އެއްވަރަށް ބަހަން ކަމުގައެވެ.
2015 ވަނަ އަހަރު އޭނާގެ މިލްކިއްޔާތުގައި 400 މިލިއަން ޑޮރަލާއި އިތުރު އަގުބޮޑެތި މުދާ ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ އިތުރުން، މިއަހަރާ ޖެހެންދެން 33.5 މިލިއަން ރުފިޔާ އޭނާގެ މިލްކިއްޔާތަށް ވަނީ އިތުރުވެފައެވެ. އެހެން ކަމުން އަމީތާބަކީ ބޮލީވުޑްގެ "ލެޖެންޑް" އެއްގެ އިތުރުން، އެންމެ މުއްސަނދި އެކްޓަރުންގެ އެންމެ ކުރީ ސަފުގައި ހިމެނޭ މީހެކެވެ.
އަމީތާބުގެ ދެ ދަރިންނަކީ އަބީޝޭކް ބައްޗަން އާއި ޝްވެތާ ބައްޗަންއެވެ. އަބީޝޭކް ބައްޗަން، ކުރީގެ ރީތީގެ ރާނީ އަދި ބޮލީވުޑްގައި އަދިވެސް އެންމެ ނަން މަޝްހޫރު އައިޝްވަރިޔާ ރާއީ ބައްޗަން އާއި ކައިވެނިކޮށްގެން އުޅޭއިރު، ޝްވެތާ ކައިވެކޮށްގެން އުޅެނީ ވިޔަފާރިވެރިޔަކާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް