ގޭ ބަންދަށް ބަދަލުކޮށްފައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލުމުން، ޓެގް އެޅުވުމަށްފަހު އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފިއެވެ.
ފުލުހުންނަށް މޮނީޓާ ކުރެވޭގޮތަށް ޓެގް އެޅުވުމަށްފަހު އަދީބު ގޭބަންދަށް ބަދަލުކުރީ، މާފުށީ ޖަހުގައި ހުއްޓައި ލިބުނު އަނިޔާ އަކާއި ގުޅިގެން އައިޖީއެމްއެޗުން ފަރުވާ ދިނުމަށްފަހުއެވެ. ޖަލުގައި ހުއްޓައި ލިބުނު އަނިޔާ އާއި ގުޅިގެން އަދީބު ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
މި މަހު ކުރީކޮޅު، އަދީބު ފިލަން މަސައްކަތްކުރީ “ވާގޯ 9” ނަމަކަށް ކިޔާ ސިންގަޕޫރަށް ނިސްބަތްވާ ޓަގު ބޯޓެއްގައެވެ. އެ ބޯޓުގައި ރާއްޖެއިން ބޭރަށް ދަތުރުކުރައްވަމުން ދަނިކޮށް އިންޑިއާގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ އަދީބު އަތުލައިގެންފައެވެ. އަދީބު އަތުލައިގެންފައިވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރު ބޭރުންނެވެ.
އަދީބު ފިލި މައްސަލައިގާ އޭނާ އަލުން ވަނީ ހައްޔަރުކޮށް މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. ފިލި އިރު އޭނާ ހުރީ މިނިވަނެއްގެ ގޮތުގައެވެ. ކުރިންކޮށްފައިވާ ހުކުމްތައް ވަނީ އޭރު ބާތިލުކޮށްފައެވެ. އަދީބު އަލުން ގޭބަންދަށް ބަދަލުކޮށްފައި މިވަނީ، ފުލުހުންނަށް ޓްރެކް ކުރުވޭނެހެން ޓެގް އަޅުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް