މިހާރު ކުރަމުންމިދާ ވިއްސާރައިގާ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވުމުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
އެގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މިރޭ 01:30 ހާއިރު މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި، ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ފެން ހިއްކުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"ފެން ހިއްކުމުގައި ސިފައިން ހަރަކާތްތެރިވަނީ އައިޖީއެމްއެޗް ކައިރި އަދި މާފަންނު ސްޓޭޑިއަމް ކައިރީގައި" އާޒިމް ވިދާޅުވެފައިވެއެވެ.
މާލޭގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނައިރު މި ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 4:30 ހާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް