50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މާލެ އަތޮޅު ހިމެނޭހެން ހަތް އަތޮޅަކަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މާލެ އަތޮޅު ހިމެނޭހެން ހަތް އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން މިރޭ 01:00 ހާއިރު ނެރެފައިވާ އެ ރީނދޫ ސަމާލުގައި ބުނެފައިވަނީ މިރޭ 01:10 އިން ފެށިގެން 04:...

28 Aug 2019 | 21:43

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މާލެ އަތޮޅު ހިމެނޭހެން ހަތް އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މިރޭ 01:00 ހާއިރު ނެރެފައިވާ އެ ރީނދޫ ސަމާލުގައި ބުނެފައިވަނީ މިރޭ 01:10 އިން ފެށިގެން 04:30 އާއި ދެމެދުގެ ވަގުތުތަކުގައި ބ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.

ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވާއިރު މިހާރުވެސް މާލެ ހިމެނޭ ސަރަހައްދަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. އަދި މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ފެންބޮޑުވެފައިވުމުން ފެން ހިންދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް