ފިރިމީހާ ނިދަން އަރާ ފޯނާކުޅޭނަމަ ހަދަންވީގޮތް ޑރ. އިޔާޒް ބުނެދެއްވައިފި

ނިދަން އަރާ އަނބިމީހާއަށް ވަގުތުނުދީ ފޯނާ ކުޅޭނަމަ ހަދަންވީގޮތް ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ބުނެދެއްވައިފިއެވެ. މިކަމުގައި ހަދަންވީގޮތް ޑރ. އިޔާޒް ބުނެދެއްވާފައިވަނީ އިސްލާމިކް ނޮލެޖް ވައިބަ...

29 Aug 2018 | 09:39

ނިދަން އަރާ އަނބިމީހާއަށް ވަގުތުނުދީ ފޯނާ ކުޅޭނަމަ ހަދަންވީގޮތް ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ބުނެދެއްވައިފިއެވެ.

މިކަމުގައި ހަދަންވީގޮތް ޑރ. އިޔާޒް ބުނެދެއްވާފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސްއަށް މީހަކު ފޮނުވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސުވާލުގައި މީހަކު އަހާފައިވަނީ ފިރިމީހާ އަބަދު 24 ގަޑިއިރު ގޭމް ކުޅުމުގަ، އެހެން ނޫނީ ފޯނުން އެފްބީއަށް ވަދެގެން، ނިދަން އަރާވެސް އަނބި މީހާއަކަށް ވަގުތެއް ނުދޭ. މި ހާލަތުގައި ކިހިނެއްތޯ ހަދަންޖެހޭނީ؟ ބުނެ ބުނެވެސް ރަނގަޅުކުރާކަށް ނޫޅޭ.

އެ ސުވާލުގެ ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ "ފިރިމީހާގެ އާއިލާ މީހަކު ނުވަތަ އޭނާ އެމީހެއްގެ ބަސް އެންމެ ބޮޑަށް ގަބޫލުކުރާ މީހަކުލައްވާ ނަސޭހަތްދީ އިސްލާހުވޭތޯ މަސައްކަތްކޮށް އަދި އެކަމަށްއެދި ދުއާކުރާނީ ކަމަށެވެ.

އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސް އަކީ ދީނީ އެކި ސުވާލުތަކަށް ޖަވާބު ފޯރުކޮށްދޭ ޕްލެޓްފޯމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް