އިންސްޓަގްރާމް އެކައުންޓް "ވެރިފައިޑް" ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މި ފަހަކަށް އައިސް އިންސްޓަގްރާމުން އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުންނާއި އެޕްލިކޭޝަންގެ ފްލޯއަށެވެ. މިއީ މި ބަދަލުތަކުގެ ތެރެއިން އައި އެއް ބަދަލެވެ. އެ...

29 Aug 2018 | 03:48

މި ފަހަކަށް އައިސް އިންސްޓަގްރާމުން އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުންނާއި އެޕްލިކޭޝަންގެ ފްލޯއަށެވެ. މިއީ މި ބަދަލުތަކުގެ ތެރެއިން އައި އެއް ބަދަލެވެ. އެއީ އެކައުންޓް "ވެރިފައިޑް" ކުރުމުގެ ފުރުސަތެވެ.

މީގެ ކުރީގައިނަމަ ވެރިފައިޑް އިންސްޓަގްރާމެއް ފެންނާނީ މަދު ފަހަރަކުއެވެ. އެއީ ބޮޑެތި ކުންފުނިތަކަށް އެކަނި ކުރިން އޮތް ފުރުސަތެކެވެ. ނަމަވެސް މިހާރު މިވަނީ އެ ފުރުސަތު ހަމަ ކޮންމެ ފަރާތަކަށްމެ ހުޅުވާލާފައެވެ.

އަޕްޑޭޓެޑް އިންސްޓަގްރާމް އެޕްލިކޭޝަނެއް ނަމަ ސެޓިންގ ގެ ދަށުން މިހާރު "ރިކުއެސްޓް ވެރިފިކޭޝަން" ފެންނާނެއެވެ. އެ ލިންކަށް ދިއުމަށްފަހު އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްފަދަ ލިޔުމެއްގެ ކޮޕީއަކާއި ޔުޓިލިޓީ ބިލެއްގެ ނުވަތަ ޓެކްސް ފައިލިން ކޮޕީއެއް އަޕްލޯޑްކޮށްލުމުން ނިމުނީއެވެ. އެހެންނަމަވެސް ވެރިފައިޑް ބެޖް ލިބުމަށް މަހެއްހާ ދުވަސް ނަގާފާނެކަމުގައި ބެލެވެއެވެ. އެއީ މި ފުރުސަތު ހުޅުވާލުމާއެކު ބާރުބޮޑުވާނެތީ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް