ހައުސިން މިނިސްޓްރީން ބާއްވާ ހަފްލާތަކަށް ސައިފޮދު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބާއްވާ ހަފްލާތަކަށް ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އެ މިނިސްޓްރީން ދެވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ. އެ މިނިސްޓްރީން ކޮށްފައިވާ އިއުލ...

29 Aug 2018 | 03:20

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބާއްވާ ހަފްލާތަކަށް ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އެ މިނިސްޓްރީން ދެވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދެވަނަ ފަހަރަށް އިއުލާނުކުރީ އިޢުލާނާއި ގުޅިގެން މަޢުލޫމާތުތަކަށް ބަދަލުއައިސްފައިވާތީ ކަމަށެވެ.

"މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 29 ވާ ބުދަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ" މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ހައުސިން މިނިސްޓްރީން މިފަދަ އިއުލާނެއް ކޮށްފައިވާއިރު ކުރިއަށް މިއޮތް މަހެއްހާ ދުވަސްތެރޭގައި އެ މިނިސްޓްރީން ގިނަ ހަފްލާތަކެއް ބާއްވާނެ ކަމުގައި ބެލެވެއެވެ. އޭގެ ތެރޭގައި ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތާއި ބްރިޖް މަތީގައި ކުރެވޭ ކައިވެނީގެ ހަފްލާތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް