ސަރުކާރާއި ދެކޮޅަށް އަޑު އުފުލި ތިން މީހަކު ވެލިދޫން ހައްޔަރުކޮށްފި

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖްމްހޫރިއްޔާ އަބްދުﷲ ޔާމީން ރޭ ނ. ވެލިދުއަށް ވަޑައިގަތުމުން ސަރުކާރާއި ދެކޮޅަށް އަޑު އުފުލި މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ. އެ މައްސަލައިގާ ތ...

29 Aug 2018 | 03:01

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖްމްހޫރިއްޔާ އަބްދުﷲ ޔާމީން ރޭ ނ. ވެލިދުއަށް ވަޑައިގަތުމުން ސަރުކާރާއި ދެކޮޅަށް އަޑު އުފުލި މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ވެލިދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ އަދި ފެނުގެ ނިޒާމް ނިމުން ފާހަގަކުރެއްވުމަށް ރައީސް އެ ރަށަށް ރޭ ވަޑައިގަތުމުގެ ކުރިން އެ ރަށުގެ ބަނދަރުމަތީގައި ހުންނަ އެމްޑީޕީގެ ހަރުގެ ކޯޓު އަމުރުގެ ދަށުން ބަންދުކޮށް އެ ސަރަހައްދުވެސް ބަންދުކުރިއެވެ.

ރައީސް އެރަށަށް ވަޑައިގެންނެވީ ރޭ 08:3 ހާއިރުގައެވެ. ސަރުކާރާއި ދެކޮޅަށް ބަޔަކު އަޑުއުފުލާފައިވަނީ އެ ސަރަހައްދަށް ނިކުމެއެވެ.

ތިން ހައްޔަރުކުރިކަން ކަށަވަރުކުރެވުނު ނަމަވެސް އެ މީހުން ދޫކޮށްލިކަން ސާފެއް ނޫނެވެ. ފުލުހުން މިކަމާއި ބެހޭގޮތުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ވެލިދޫގައި އޮންނަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްގެ ރައީސާ އަސްމާ ހުސެއިން އަދި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލް ބައެއް މެމްބަރުން ރައީސް ޔާމީން ވެލިދުއަށް ވަޑައިގެންނެވުމުން އިސްތިގުބާލު ދެންނެވިއެވެ. އަދި ރޭ ބޭއްވި ޖަލްސާގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް