ދިވެހިން ގޮވައިގެން މިއަދު ފުރަން އޮތް ފްލައިޓުން މީހަކު ޕޮޒިޓިވް ވުމުން، ފްލައިޓް ފުރުން މަޑުޖައްސާލައިފި

ބޭސް ފަރުވާއަށް ދިވެހިން ގޮވައިގެން މިއަދު ފުރަން އޮތް ފްލައިޓުން ދަތުރުކުރާން އޮތް ޕަސިންޖަރަކު ޕޮޒިޓިވް ވިކަން އެނގުމުން އެ ފްލައިޓް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ދުވަހަށް މައުލޫ...

29 Jul 2020 | 07:43

ބޭސް ފަރުވާއަށް ދިވެހިން ގޮވައިގެން މިއަދު ފުރަން އޮތް ފްލައިޓުން ދަތުރުކުރާން އޮތް ޕަސިންޖަރަކު ޕޮޒިޓިވް ވިކަން އެނގުމުން އެ ފްލައިޓް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދުވަހަށް މައުލޫމާތުދެމުން އާސަންދައިން ބުނީ އެކަކު ޕޮޒިޓިވް ވުމުން، އެޗްޕީއޭގެ ގައިޑްލައިންއާއި އެގޮތްވާގޮތުގެމަތިން އެ ފްލައިޓް ޑިސް އިންފެކްޓް ކުރަމުން އަންނަ ކަމަށެވެ.

"އެއަށްފަހު ފްލައިޓް ފުރުން ކުރިއަށްދާނެ، އިންޝާ ﷲ" އާސަންދައިން ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ފުރަން ތައްޔާރުވެފައިވަނިކޮށް، ޕަސިންޖަރަކު ޕޮޒިޓިވްކަން އެނގުމުން، އެ ޕަސިންޖަރު އަދި އެހެން ޕަސިންޖަރުންވެސް ފްލައިޓުން، ބާލާ ފްލައިޓް ހުސްކޮށް ފްލައިޓް ފުރުމުގެ ކުރިން، ފްލައިޓް ޑިސް އިންފެކްޓް ކުރުމުގެ މަސަކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް