ރާއްޖެ އަލުން އަނބުރާ ބަންދުކުރުމުގެ ވިސްނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ދެކެވޭކަށް ނެތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކޯވިޑް ރޯގާއާއެކު އުޅެވޭނެ ގޮތް ހޯދަންޖެހޭ ކަމަށާއި ރޯގާއިން ސަލާމަތްވުމަށްޓަކައި ގައުމު ބަންދުކޮށް ރައްޔިތުން ބަނގުރޫޓުވުމަށް ޖާގަދީފިނަމަ ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.
https://twitter.com/MohamedNasheed/status/1288336676616511489
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އިއްޔެ އަކީ ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން ކޯވިޑަށް ޕޮޒިޓިވްވި ދުވަހެކެވެ. އިއްޔެ އެކަނި 137 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.
މި އަދަދަށަފަހު ހެލްތު މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ އިންޒާރުގެ ރަނގަބީލުގެ އަޑު އެބަ ގަދަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް