ރާއްޖޭގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރުގައި ދައްކައިލި ފުޅަނދުތައް މިއަދު ހުޅުމާލޭގައި ދައްކާލުމަށް ނިންމައިފައިވާކަމަށް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ދައްކައިލުމަށް ހަމަޖެހިފައިވާ މި ފުޅަނދުތައް ދެއްކުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 އިން 18:00 އަށެވެ. އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ފުޅަނދުބުރުގައި ދައްކާލި ފުޅަނދުތައް އިއްޔެ ހަވީރު އާއި ރޭގަނޑު މާލެ އެކުވެނި ދަނޑުގައި ވަނީ ބެހެއްޓުމަށްފަހު ވަނީ އާންމުންނަށް ދައްކާލައިފައެވެ.
މިއަހަރުގެ މިނިވަންދުވަހާއި ދިމާކޮށް ފުޅަނދުރުބުރު ބާއްވައިފައިވާއިރު، އެންމެ ފަހު ފުޅަނދުބުރެއް ބޭއްވީ 2016 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް